ސްކޫލް ތަކުގައި ސްޓެމް އެޑިޔުކޭޝަން ތަޢާރަފު ކުރުމަށް ބޭނުންވާ މުދައްރިސުން ތަމްރީނު ކުރުމުގެ ޢަމަލީ މަސައްކަތު ބައްދަލުވުން ފަށައިފި

ސްކޫލް ތަކުގައި ސްޓެމް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް ބޭނުންވާ މުދައްރިސުން ތަމްރީނު ކުރުމުގެ ޢަމަލީ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ. މިބައްދަލުވުން ފަށާފައިވަނީ 2023 އޯގަސްޓް 8 ވާ އަންގާރަ ދުވަހު( މިއަދު) ހިރިޔާ ސްކޫލް ގައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤުޞަދަކީ، ސްކޫލް މަދަރުސާ ތަކުގައި މަސައްކަތު ތަޢުލީމުގެ ވެއްޓެއް ޤާއިމު ކުރުމަށް އިފުތިތާޙު ކުރެވޭ ސްޓެމް އެޑިޔުކޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު މުދައްރިސުން ނަށް ފޯރުކޮށްދިނުމެވެ.

މި ޕްރޮގުރާމްގެ ދަށުން މުދައްރިސުން އޮންލައިން ކޮށް ފުރިހަމަކުރަންޖެހޭ ތަމްރީނުތައްވަނީ ފުރިހަމަ ކުރައްވައިފައެވެ. މިއަދު މިފެށޭ މަސައްކަތު ބައްދަލުވުމުގައި ކުރިޔަށް ގެންދާނީ ފޭސްޓު ފޭސްކޮށް މުދައްރިސުންނަށް ފޯރުކޮށްދޭންޖެހޭ ތަމްރީނެވެ.

މަދަރުސީ އުނގަންނައި ދިނުމުގައި މައިކްރޯބިޓް ބޭނުންކުރާނެ ގޮތް މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް އޮޅުން ފިލުވައި ދެވޭނެއެވެ. އަދި 21 ވަނަ ޤަރުނުގެ ހުނަރުތައް އުނގެނުމުގެ ވެށިން އަޅުގަނޑުމެންގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި މުދައްރިސުންގެ ވިސްނުން ގެންގުޅެންވީ ގޮތްތައްވެސް މި ތަމްރީންގެތެރެއިން މުދައްރިސުންނަށް ބުނެދެވޭނެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްގެ 98 ޓީޗަރުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވެ މިތަމްރީނު ފުރިހަމަ ކުރާނެއެވެ.

މިއަދު ހެނދުނު 8:30 ގައި ހިރިޔާ ސްކޫލްގައި މި ޚާއްޞަ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓޭ ފޮރ އެޑިޔުކޭޝަން ޑރ. ޢަބދުﷲ ރަޝީދު އަޙުމަދެވެ.

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.