ހއ. ކެލާ، ޝެއިޚް އިބްރާހީމް ސްކޫލް 03 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފި

ހއ. ކެލާ، ޝެއިޚް އިބްރާހީމް ސްކޫލް 03 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި މިއަދު ސޮއި ކޮށްފިއެވެ.

ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ޙަވާލުކުރީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 17،455،165.47ރ އަށް، ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޖަލީލް އެވެ.

Leave a Comment

Your email address will not be published.