ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުން ޤައުމީ މަންޙަޖަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ފައުންޑޭޝަން ސްޓޭޖްގެ މުދައްރިސުން ޤައުމީ މަންޙަޖަށް އަހުލުވެރިކުރުމަށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ( އެންއައިއީ ) ގައި މިއަދު ފަށައިފިއެވެ.

އެން،އައި،އީ އިން އިންތިޒާމު ކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ 2023 ވަނަ އަހަރު ސްކޫލްތަކާ އަލަށް ގުޅުނު ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުން ޤައުމީ މަންޙަޖަށް އަހުލުވެރި ކުރުވުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވާނީ، ފައުންޑޭޝަން ސްޓޭޖް ޤައުމީ މަންހަޖު ތަޢާރަފްކުރުމާއި އެންމެ ފުރިހަމައަށް މަންހަޖު ތަންފީޒު ކުރެވޭ ގޮތަށް އުނަގަންނައިދިނުން ބައްޓަން ކުރާނެގޮތާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ގޮތުގެ މައްޗަށެވެ.

12 އޯގަސްޓް 2023 ވީ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ހަވީރު 4:00 އަށް ދާދިވަރުކޮށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލު ވުމުގައި ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ ފައުންޑޭޝަން ސްޓޭޖްގެ 70 ޓީޗަރުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ، އެންއައިއީގެ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް އައިޝަތު އަޒީފާ އާއި ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ނުޒުހަތު ވަޙީދެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.