ބިގްބުކްސް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިޔުކޭޝަނުން މިއަދު ފަށައިފި

ޕްރީސްކޫލް ޓީޗަރުންނަށް ޚާއްޞަކޮށްގެން ބިގްބުކްސް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިޔުކޭޝަނުން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 17 އިގެ ނިޔަލަށް ބާއްވާ މިމަސައްކަތު ބައްދަލުވުން ހިގަމުންދަނީ އެން އައި.އީ ގެ ސެމިނަރ ރޫމްގައެވެ. މިބައްދަލުވުމުގައި މާލޭގެ ޕްރީސްކޫލްތަކަށް ދަޢުވަތު ދެވި ޖުމުލަ 9 ސްކޫލަކުން 22 ޕްރީ ސްކޫލް ޓީޗަރުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ޕްރީސްކޫލްތަކުގައި ބޭނުންކުރާނެ އެކަށީގެންވާ ރަނގަޅު ބިގްބުކްސްތަކެއް ތައްޔާރުކުރުމެވެ. އެގޮތުން ބިގް ބުކްސް ލިޔާނެގޮތާއި ކުރެހުންތައް ބަހައްޓާނެ ގޮތުގެ އިތުރުން ވާހަކަ ޑިޖިޓަލް ކުރާނެ ގޮތް ބައިވެރިންނަށް ބުނެދެވޭނެއެވެ. އަދި މި ބުނެދޭ ބުނެދިނުމުގެ އަލީގައި ބައިވެރިންނަށް ދެވޭ މަޢުލޫމާތުގެ އަލީގައި ބައިވެރިން ގެ އަމިއްލަ މަސައްކަތުން “ބިގްބުކްސް” ގެ މުޅިން އާ އުފެއްދުމެއް ކޮންމެ ސްކޫލަކުން އުފައްދާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް އަޙުމަދު ޒާހިރު އާ، ކަރިކިއުލަމް އެނަލިސްޓް މުޙަންމަދު ޝަކީލު ގެ އިތުރުން ކަރިކިއުލަމް އެނަލިސްޓް މުޙަންމަދު ޢަލީމެވެ.

މިއީ މި ބިގްބުކްސް ވަރކްޝޮޕް ބޭއްވޭ ހަތަރުވަނަ ބުރެވެ.

 

Leave a Comment

Your email address will not be published.