އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މާދަމާ ސެންޓަރތަކަށް ލިބޭނެ

އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާ 2023 އޮގަސްޓް 16 ވާ ބުދަ ދުވަހު (މާދަމާ) ސެންޓަރތަކަށް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ އެސް. އެސް.ސީ އިމްތިހާނުގެ ނަތީޖާ އެދުވަހުގެ ހެނދުނު 9:00 ގައި، އަދި އައި.ޖީ.ސީ.އެސް.އީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރތަކަށް ލިބޭނެއެވެ.

ސެންޓަރތަކުން ކެންޑިޑޭޓުންނަށް ހަމަ އެދުވަހު ނަތީޖާ ދޫކުރަމުން ގެންދާނެކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. އަދި ޕްރައިވެޓްކޮށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގައި އިމްތިހާނުހެދި ހުރިހާ ކެންޑިޑޭޓުންނަށް 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ގެންދާނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އޮގަސްޓު 31 ގެ ނިޔަލަށް، އެ ކެންޑިޑޭޓް އިމްތިހާނު ހެދި ސެންޓަރަށް އެދި ހުށަހަޅަންވާނެކަމަށްވެސް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާފައިވެއެވެ.

Leave a Comment

Your email address will not be published.