ސްކޫލްތަކުގައި މަސައްކަތުގެ ތަޢުލީމު ތަޢާރަފްކުރުމަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމުގައި ހަރަކާތްތެރިވާނޭ ޓީޗަރުންނަށް ތަމްރީން ދިނުމަށް ހިންގި ޓްރެއިނިންގ އޮފް ޓްރެއިނަރސް ކާމިޔާބުކަމާއެކު ނިންމާލައިފި

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފު ކުރުމަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމުގައި އަތޮޅު ތަކުގައި ޙަރަކާތްތެރިވާނޭ ޓީޗަރުންނަށް ތަމްރީނު ދިނުމާއި ރަސްމީ ތަޢުލީމުގެ ކަރިކިއުލަމްގެ ތެރެއިން މަސައްކަތުގެ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށް ދިނުމާއި އެސެސް ކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤުޞަދުގައި، ކުރިޔަށް ގެންދިޔަ ޓްރެއިނިން އޮފް ޓްރެއިނަރސް ގެ ތަމްރީން ބައްދަލުވުން މިއަދު ނިންމާ ލައިފިއެވެ.

މި ޓީއޯޓީ ގައި އަލިއަޅުވާލި މައިގަނޑު ބައިތަކަކީ، ވޮކޭޝަނަލް އެޑިޔުކޭޝަނަކީ ކޮބައިކަމާއި ވޮކޭޝަނަލް އެޑިޔުކޭޝަން ކުރިއެރުވުމަށް ޓަކައި މީހުންގެ އެއްބާރުލުން ހޯދިދާނެ ގޮތްތަކާއި އިންޓަރގްރޭޓް ކޮށްގެން ކިޔަވައިދޭނެ ގޮތް ބުނެދިނުމުގެ އިތުރުން މަސައްކަތުގެ ތަޢުލީމު އެސެސް ކުރާނެ ގޮތާއި އަދި ލެސަން ޕްލޭނު އެކުލަވާލާނެގޮތުގެ މައްޗަށެވެ.

އަތޮޅުތެރޭގެ ސްކޫލް ތަކުގައި މަސައްކަތުގެ ތަޢުލީމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމާއި މޮނިޓަރކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ޙަރަކާތް ތެރިވާނީ މި ޓީ.އޯ.ޓީ ފުރިހަމަ ކުރެއްވި ޓީޗަރުންނެވެ.

5 ދުވަހުގެ މިތަމްރީން ނިމުމުގެ ރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރ ގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދު އެވެ.

 

 

 

 

 

 

 

Leave a Comment

Your email address will not be published.