ޥޮކޭޝަނަލް އެޑިޔުކޭޝަންގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ދެވަނަ ބައްދަލުވުން ނިމިއްޖެ

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފު ކުރުމަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމުގައި އަތޮޅު ތަކުގައި ޙަރަކާތްތެރިވާނޭ ޓީޗަރުންނަށް ތަމްރީނު ދިނުމާއި ރަސްމީ ތަޢުލީމުގެ ކަރިކިއުލަމްގެ ތެރެއިން މަސައްކަތުގެ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށް ދިނުމާއި އެސެސް ކުރެވޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤުޞަދުގައި، ކުރިޔަށް ގެންދިޔަ ޓްރެއިނިން އޮފް ޓްރެއިނަރސް ގެ ތަމްރީން ދެވަނަ ބައްދަލުވުން މިއަދު ނިމިއްޖެއެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގައި އަލިއަޅުވާލާ މައިގަނޑު ބައިތަކަކީ، ވޮކޭޝަނަލް އެޑިޔުކޭޝަނަކީ ކޮބައިކަމާއި ވޮކޭޝަނަލް އެޑިޔުކޭޝަން ކުރިއެރުވުމަށް ޓަކައި މީހުންގެ އެއްބާރުލުން ހޯދިދާނެ ގޮތްތަކާއި ވޮކޭޝަނަލް އެޑިޔުކޭޝަން ކަރިކިޔުލަމާ އިންޓަރގްރޭޓް ކޮށްގެން ކިޔަވައިދޭނެ ގޮތްތައް ބުނެދިނުމުގެ އިތުރުން މަސައްކަތުގެ ތަޢުލީމު އެސެސް ކުރާނެ ގޮތާއި އަދި ލެސަން ޕްލޭނު އެކުލަވާލާނެގޮތެވެ.

މިތަމްރީން ހަރަކާތަށްފަހު އަތޮޅުތެރޭގެ ސްކޫލް ތަކުގައި މަސައްކަތުގެ ތަޢުލީމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމާއި މޮނިޓަރކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ޙަރަކާތް ތެރިވާނީ މި ޓީ.އޯ.ޓީ ފުރިހަމަ ކުރެއްވި ޓީޗަރުންނެވެ.

5 ދުވަހުގެ މިތަމްރީން ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙުމަދު މުޖާހިދެވެ. މިރަސްމިއްޔާތުގައި އެންއައިއީ ގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު ބައިވެރިވެވަޑައިގެންނެވިއެވެ.

މިތަމްރީންގެ ފުރަތަމަބުރު މިމަހުގެ 17 އިގައިވެސް ވަނީ ނިމިފައެވެ. 48 ބައިވެރިންނާއިގެން މިނިމުނު ދެވަނަ ބުރު ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.