ރަތަފަންދޫ ސްކޫލްގެ 6 ކުލާސްރޫމް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފި

ރަތަފަންދޫ ސްކޫލްގެ 6 ކުލާސްރޫމް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއި ކޮށްފިއެވެ. މިކަން އޮތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

މިއަދު ސޮއިކުރެވުނު މިކޮންޓްރެކްޓްގެ މަސައްކަތް ޙަވާލުކުރީ 400 ދުވަސް ތެރޭގައި ނިންމާގޮތަށް، 8،661،294.46ރ އަށް، ފިޔުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަހުމަދު މުޖާހިދުއެވެ. ފިޔުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލީ އަބްދުﷲ. އެވެ.

Leave a Comment

Your email address will not be published.