ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުން އޮފީސް ހެދުމުގެ ގޮތުގައި ޓީޝާރޓް ބޭނުންކުރުން ތަޢާރުފްކޮށްފި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުން އޮފީސް ހެދުމުގެ ގޮތުގައި ޓީޝާރޓް ބޭނުންކުރުން ތަޢާރުފްކޮށްފިއެވެ. ޓީޝާރޓް ތަޢާރުފް ކުރުމާ ގުޅިގެން މިއަދު އެންއައިއީގެ ގިނަ މުއައްޒަފުން އޮފީހަށް ހާޒިރުވީ ޓީޝާރޓްގައެވެ.

ކެޝުއަލް ޑޭ ވޯރކިންގ ޔުނިފޯރމެއްގޮތަށް ޓީޝާރޓެއް ތަޢާރުފް ކުރުމަށް އެންއައިއީ އިން ވަނީ އޮފީސް ހެދުމުގެ ގޮތުގައި ޓީޝާރޓް ބޭނުން ކުރުމުގެ އުސޫލެއްވެސް ތައްޔާރުކޮށްފައެވެ. މިއުސޫލުގައި ވާގޮތުން ޓީޝާރޓް ބޭނުން ކުރެވޭނީ އެންއައިއީ ގެ ހުރިހާ މުއައްޒަފުން ބައިވެރިވާ ހަރަކާތްތަކުގައާއި އެންއައިއީ ތަމްސީލްކުރުމުގެ ގޮތުންބާއްވާ ހަރަކާތްތަކުގައާއި ރަސްމީ މަސައްކަތްތަކުގެ ދުވަސްތަކުގެ ތެރެއިން ކޮންމެ ބުރާސްފަތިދުވަހެއް ނުވަތަ އެންއައިއީ އިން ހަމަޖައްސާ ދުވަހެއްގައެވެ.

އެންއައިއީގެ މުއައްޒަފުން ކެޝުއަލް ޑޭ ވޯރކިންގ ޔުނިފޯރމްގައި ފުރަތަމަ ފަހަރަށް މިއަދު އޮފީހަށް ހާޒިރުވިނަމަވެސް މިކަމާގުޅޭ އުސޫލަށް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ.

Leave a Comment

Your email address will not be published.