22 އޮކްޓޫބަރު 2023: ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރުން ށ. އަތޮޅު ނަރުދޫ ސްކޫލްގައި ޢިމާރާތްކުރި ތިން ބުރީގެ ޢިމާރާތް ނިމި، އެޢިމާރާތް ބޭނުންކުރަން ފަށައިފިއެވެ.
މިޢިމާރާތް ބޭނުންކުރަން ފެށުމާއެކު، މިއަދުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ.
މި އައު ޢިމާރާތުގައި 6 ކްލާސްރޫމް، ސްޓާފްރޫމް، ކޮމްޕިއުޓަރ ލެބް އަދި ހެލްތް ރޫމެއް ހުރެއެވެ.
މިއީ 9.2 މިލިއަން ރުފިޔާއަށް، ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.