މަދްރަސަތުލް އިފުތިތާޙުގެ ދަރިވަރު، އަޙްމަދު ޝާޔަން އަންވަރު ލިޔެ ޝާޢިއުކުރި ފޮތުގެ ކޮޕީއެއް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އަށް ވެދުން ކޮށްފި

ޅ. ނައިފަރު، މަދްރަސަތުލް އިފުތިތާޙުގެ ގްރޭޑް 10 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރު، އަޙްމަދު ޝާޔަން އަންވަރު ލިޔެ ޝާޢިއުކުރި ފޮތުގެ ކޮޕީއެއް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއަށް ވެދުން ކޮށްފިއެވެ.

މި ފޮތަކީ ދަތި އުނދަގޫތަކާއެކު ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވި ނައިފަރުގެ އެކި މީހުންނާ އިންޓަވިއުކޮށް، އެ މީހުންގެ ހަޔާތާ ގުޅޭ ވާހަކަތައް ހިމަނަައިގެން ލިޔެފައިވާ ފޮތެކެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އެކަމަނާ އާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ ފޮތުގެ ކޮޕީއެއް ޝާޔަންއަށްވެސް ހަދިޔާ ކުރައްވާފައެވެ. އަދި ލިޔުންތެރިކަމުގެ ހުނަރު ކުރިއަރުވައި އެ ރޮނގުން ކުރިއަށް ދިއުމަށް މިބައްދަލުވުމުގައި މިނިސްޓަރުވަނީ ޝާޔަން އަށް ހިތްވަރު ދެއްވާފައެވެ.

Leave a Comment

Your email address will not be published.