އައި.ޖީ.ސީ.އެސް.އީ ކެމްބްރިޖް އޯލެވެލް ކެމިސްޓްރީ ކިޔަވައިދެއްވާ 30 ޓީޗަރަކަށް  ތަމްރީން ދިނުމުގެ ޕްރޮގްރާާމެއް 5 ނޮވެމްބަރ 2023 ގައި ފަށައިފި

ރާއްޖޭގެ 30 ސްކޫލެއްގައި  އައި.ޖީ.ސީ.އެސް.އީ ކެމްބްރިޖް އޯލެވެލް  ކެމިސްޓްރީ ކިޔަވައިދެއްވާ 30 ޓީޗަރަކަށް އަމާޒުކޮށް ހިންގާ ތަމްރީން ޕްރޮގްރާމެއް 5 ނޮވެމްބަރ 2023 (އިއްޔެ) އިން ފެށިގެން ކުރިއަށް ދަމުން އެބަދެއެވެ. މި ޓްރޭނިންގ ޕްރޮގްރާމަކީ ފޭސް-ޓު-ފޭސް ކޮށް އެން.އައި.އީ ސެމިނާރ ރޫމްގައި ހިންގާ ޕްރޮގްރާމެކެވެ.  3 ދުވަހުގެ ތަމްރީން މިޕްރޮގްރާމް ނިމޭނީ މިމަހުގެ 7 ވަނަ ދުވަހު (މާދަމާ) ގައެވެ.

ކެމްބްރިޖް އޯލެވެލް ކެމިސްޓްރީ ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ކެމްބްރިޖްގެ އެގްޒަމިނަރ އެކެވެ.

މި ޓްރެއިނިންގ ގައި ދެވޭ މަޢުލޫމާތު ތަކުގެ ތެރޭގައި  ސިލަބަހަށް އަންނަ ބަދަލު، ދަރިވަރުންގެ ކިޔެވުން ވަޒަން ކުރުން،  އިމްތިޙާނު ކަރުދާސް މާރކު ކުރާނެ ގޮތާއި ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ.

 

 

 

Leave a Comment

Your email address will not be published.