ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފި

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 12،429،262.93ރ އަށް، ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރ ޝިއުސް ފަރީދުއެވެ.

Leave a Comment

Your email address will not be published.