ދުނިޔޭގެ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ނެޝަނަލް އިންސްޓްޓިޔުޓް އޮފް އެޑިޔުކޭޝަންގެ އަންހެން މުއައްޒަފުން ޙަފްލާއެއް ބާއްވައިފި

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)ގެ އަންހެން މުއައްޒަފުން ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް އެއިންސްޓިޓިޔުޓްގައި މިއަދު ފާހަގަ ކޮށްފިއެވެ، އެންއައިއީގެ އަންހެން މުއައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ، ފިރިހެނުންގެ ދުވަސް ފާހަކުރުން އޮތީ އެއިންސްޓިޓިއުޓްގެ ސެމިނަރ ރޫމްގައި މިއަދު ހެނދުނު 8:15 އިން ފެށިގެންނެވެ.


ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ މި ޙަފްލާގައި ފިރިހެން މުވައްޒަފުންނަށް ހަދިޔާ ރައްދުކުރުމުގެ އިތުރުން ފިރިހެން މުވައްޒަފުންނަށް ނިސްބަތްވާ މި ދުވަހަށް ޚާއްޞަކޮށްފައިވާ ކޭކު ފެޅުންވެސް އޮތެވެ. އޭގެ އިތުރުން ދުވަހާގުޅޭ ލަވައަކާއި ފިރިހެން މުވައްޒަފުންނާމެދު އެން.އައި.އީގެ އަންހެން މުވައްޒަފުން ދެކޭގޮތް ވަކިވަކި ލަފްޒުތަކަކުން ބަޔާން ކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ދެއްކުންވެސް އޮތެވެ.


މިޙަފްލާ ނިންމާފައިވަނީ ފިރިހެނުންނަށް ޚާއްޞަކޮށްގެން އަންހެން މުވައްޒަފުން ތައްޔާރުކޮށްފައިވާ ހެނދުނުގެ ނާސްތާއިންނެވެ.

ބައިނަލް އަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެން.އައި.އީގެ އަންހެން މުވައްޒަފުން ހިންގި ކުލަގަދަ ޙަރަކާތްތައް ބަލައިގަނެ ފިރިހެން މުވައްޒަފުންވަނީ އެފަދަ ކުލަގަދަ ގޮތެއްގައި ދުވަސްފާހަގަ ކުރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

k

 

Leave a Comment

Your email address will not be published.