ތަޢުލީމީ އައު ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިއަދު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ( އެންއައިއީ ) ގެ މުއައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެންއައިއީގެ މުއައްޒަފުންނާ ކުރެއްވި ބައްދަލުވުން އޮތީ މިއަދު ހެނދުނު 10:45 ހާއިރު އެއިންސްޓިޓިޔުޓްގެ ސެމިނާރ ރޫމްގައެވެ. މި ބައްދަލުކުރެއްވުމުގައި މާލޭގައި ތިއްބަވާ އެންއައިއީގެ މުއައްޒަފުންގެ އިތުރުން އަތޮޅުތަކުގެ ޓީޗަރ ރިސޯސް ސެންޓަރުތަކުގައި ތިއްބަވާ މުއައްޒަފުންވެސް އޮންލައިންކޮށް ބައިވެރިވިއެވެ.

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެންއައިއީ ގެ މުއައްޒަފުންނާއެކު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި އެއިންސްޓިޓުޓާބެހޭގޮތުންނާއި މަސައްކަތް ތަކާބެހޭގޮތުން މިނިސްޓަރަށް މަޢުލޫމާތު އެރުވުން އޮތެވެ. މިނިސްޓަރއަށް މި މަޢުލޫމާތު އެރުވީ އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބުއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ އެންއައިއީ ގެ މުވައްޒަފުންނާ މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެންއައިއީގެ މުހިންމު މަސައްކަތްތައް ކުރިމަގުގައި ކުރިއަށް ގެންދަން އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ މައްޗަށް ބައްލަވައި މިބައްދަލުވުމުގައި މިނސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

އައު މިނިސްޓަރު އެންއައިއީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުގައިވާ ބައެއް އެހެން އިދާރާތަކަށްވެސް މިއަދު ވަޑައިގެންނެވިއެވެ.

 

 

Leave a Comment

Your email address will not be published.