ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައިނަލް-އަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުރެހުމުގެ މަޢުރަޒު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކުރި މި މަޢުރަޒު ކުރިޔަށްގެންދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެންނެވެ.
މި މަޢުރަޒުުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުން ދައްކާލާފައިވެއެވެ.