ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އާރލީ ޗައިޑްހުޑް ޔުނިޓުން އެސެސްމަންޓް އެންޑް ޕޯޓްފޯލިޔޯގެ ޓްރޭނިންގ ގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިމަސައްކަތު ބައްދަލުވުން އަމާޒު ކޮށްފައިވަނީ މާލެ ސަރަހައްދުގައި ހިންގާ ޕްރީސް ސްކޫލްތަކަށެވެ. އެގޮތުން މާލެ ސަރަހައްދުގެ 14 ޕްރީ ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކުން 2 ޓީޗަރަކާއި ލީޑިންގ ޓީޗަރެއް މިޕްރޮގްރާމްގައި ބައިވެރިވެއެވެ.
މިޕްރޮގްރާމްގެ މަގުސަދަކީ ފިލާވަޅު ތައްޔާރުކުރާ އިރު ހަފުތާގެ ތީމްއާ، އެއްމާއްދާއާއި އަނެއްމާއްދާގެ ބައިތައް ގުޅުވާލައިގެން ގެންދާނެ ގޮތް އެނގުމާއި ފެންވަރު ވަޒަންކުރަން ބޭނުންކުރާ ތަފާތު ޓޫލްސް ބޭނުންކޮށްގެން ކުދިންގެ ފެންވަރު ވަޒަންކުރާނެގޮތް އެނގުމާއި ޕޯޓްފޯލިޔޯ ހަދާނެ ގޮތާއި އޭގެ ބޭނުން އެނގުމާއި ޕޯޓްފޯލިޔޯ ތަރުތީބު ކުރަން އެނގުމެވެ.
މިމަހުގެ 27-29 އަށް ހިންގާ މިޕްރޮގްރާމް ކުރިޔަށް ގެންދަނީ މަދަރުސަތުލް އަމީރު އަހުމަދުގައި، ހެނދުނު 8:30-11:30 އަށެވެ. ތިން ދުވަހަށް ކުރިޔަށްގެންދާ މިޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވަނީ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އޮފިސަރ ޝިޔާމާ އަބޫބަކުރުއާއި ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓުން ކަމުގައިވާ ސުވައިދާ މުޙައްމަދުއާއި ޢައިޝަތު އަޒީފާއާއި ޢާއިޝަތު ޝިފާ އަދި އައިމިނަތު ނުޒުހާ އެވެ.