ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ހިންގެވުމުގެ ޒިންމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު ޑރ. ފާތިމަތު ނިޝާން އާ ހަވާލުކުރައްވައިފި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން(އެންއައިއީ) އިސްވެ ހިންގެވުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބޭފުޅަކާ ޙަވާލުކޮށްފިއެވެ. އެންއައިއީ ހިންގެވުން ހަވާލުކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު ޑރ. ފާތިމަތު ނިޝާން އާއެވެ.

އެންއައިއީ އިސްވެ ހިންގެވުމުގެ ޒިންމާއާ އަލަށް ހަވާލުވެވަޑައިގަތް ޑރ. ނިޝާން އެތާނގެ މުއައްޒަފުންނަށް ތަޢާރުފްކޮށް އެރުވީ އެއިންސްޓިޓިޔުޓްގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންް ޑރ. އިސްމާޢީލް ޝަފީޢުއެވެ. މިބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ އަޙުމަދު މުޙައްމަދު އާއި އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބުވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބަކަށް އައްޔަން ކުރެއްވުމުގެ ކުރިން ޑރ. ނިޝާން ހުންނެވީ ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. ޑރ. ނިޝާން ޕީއެޗްޑީ ފުރިހަމަ ކުރެއްވީ ޔުނިވަރސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމް ގައި އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިންނެވެ.

ޑރ. ނިޝާން ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޣިޔާސުއްދީން ސްކޫލްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރ ސިޓީގައިވެސް ކުރިން މަސައްކަތްކުރައްވާފައެވެ.

 

Leave a Comment

Your email address will not be published.