ތަޢުލީމީ އަހަރު، 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހުން ފަށާގޮތަށް މިއަދު ކެބިނެޓް ބައްދަލުވުމުގައި ނިންމުމާ ގުޅިގެން އެކަމާބެހޭގޮތުން ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ނޫސްބަޔާނެއް

ތަޢުލީމީ އަހަރު، 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހުން ފަށާގޮތަށް މިއަދު ކެބިނެޓް ބައްދަލުވުމުގައި ނިންމުމާ ގުޅިގެން އެކަމާބެހޭގޮތުން ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާއިން ނޫސްބަޔާނެއް މިއަދު ނެރުއްވައިފިއެވެ.

މިނޫސްބަޔާނުގައި ހާމަކުރައްވައިފައިވާ ގޮތުގައި މިބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10ގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކުރިންވެސް ރޭވިފައިވާގޮތަށް މިދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައެވެ. އަދި ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާރނިންގ ޓައިމް ގެއްލިގެން ނުދާނެކަމަށްވެސް ތަޢުލީމީ ވުޒާރާގެ ނޫސްބަޔާނުގައި ވެއެވެ.

މިނޫސްބަޔާނުގައި އިތުރަށް ހާމަކުރައްވައިފައިވާ ގޮތުގައި ސެމެސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލްއަހަރާއި ތަޢުލީމީ އަހަރާއި އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް އަންނާނެއެވެ.

އަދި ރަށުން ބޭރުގައި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށްވެސް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީތައް މިހާރު ލިބެމުންދާ މިންވަރަށްވުރެ މަދުވެގެން ނުދާނެއެވެ.

އެވުޒާރާއިން ވިދާޅުވެފައިވަނީ މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ތަޢުލީމީ ވުޒާރާގެ ފަރާތުން ޢާންމުކުރަމުން ގެންދާނެ ކަމަށެވެ.

Leave a Comment

Your email address will not be published.