މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ މޮނިޓަރިންގ ނިޒާމް ހަރުދަނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ޕްރޮގްރާމްތައް ހިންގާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ޑިޕާރޓްމަންޓްތަކުގެ މޮނިޓަރިންގ ނިޒާމް ހަރުދަނާކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ވަރލްޑް ބޭންކުން ހިންގަން ފަށައިފިއެވެ.

30 ބައިވެރިންގެ މައްޗަށް އެކުލެވޭ މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ އިއްޔެއާއި މިއަދު އެވެ. މިޕްރޮގްރާމް ހިންގަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޓްރެއިނިންގ ރޫމްގައެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދަވަނީ ވަރލްޑް ބޭންކްގެ ކޮންސަލްޓެންޓް މާހިން މުތިއާއެވެ. ޕްރޮގްރާމްގެ ބައެއް ސެޝަންތަކުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙުމަދު މުޙައްމަދު އާއި އެންއައިއީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު ޑރ. ފާޠިމަތު ނިޝާން ބައިވެެރިވެ ވަޑައިގަނެއެވެ.

އޭ.އީ.ޑީ.ޕީ އަކީ ވަރލްޑް ބޭންކު ފަންޑްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމްކޮށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮގްރާމްތަކުގެ ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަނާއި ސްޓެމް އެޑިޔުކޭޝަނާއި ޓީޗަރުންގެ ތަމްރީން ފަދަ ބައިތައް ހިމެނެެއެވެ.

 

 

 

Leave a Comment

Your email address will not be published.