ސްޓެމް އެޑިޔުކޭޝަން އެމްބެސެޑަރސް ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި

ރާއްޖޭގެ 32 ސްކޫލެއްގައި ސްޓެމް އެޑިޔުކޭޝަން ޤާއިމް ކުރުމަށް ކުރިޔަށް ގެންދާ ސްޓެމް އެޑިޔުކޭޝަން އެމްބެސެޑަރސް ޓްރެއިނިން ޕްރޮގްރާމް އިފްތިތާޙު ކޮށް ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެން،އައި،އީ ގުޅިގެން ކަސްޓަމްސް އިމާރާތުގެ “މީރުބަހުރު މާލަމު ” ގައި ކުރިޔަށްގެންދާ މި ޓްރެއިނިންގ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙަންމަދެވެ.

އޭ،އީ،ޑީ،ބީ ޕްރޮޖެކްޓްގެ ދަށުން ވޯލްޑް ބޭންކްގެ އެހީގައި ކުރިޔަށްގެންދާ މި ޓްރެއިނިންގެ މައިގަނޑު މަޤްޞަދަކީ، އެކި މާއްދާތައް އިންޓަރގްރޭޓްކޮށްގެން ކިޔަވައިދޭނެގޮތުގެ އިތުރު މަޢުލޫމާތު ސްޓެމް އެމްބެސެޑަރުންގެ ގޮތުގައި ޓްރެއިންކުރާ އެމްބެސެޑަރުންނަށް ދިނުމެވެ.

މިއަދާއި މާދަމާ ކުރިޔަށް ގެންދާ މިތަމްރީން ޕްރޮގްރާމްގައި މާލެއާއި އަތޮޅުތަކުގެ 32 ސްކޫލަކުން 104 ޓީޗަރުންނަށް ފުރުސަތު ދީފައިވެއެވެ.

މި ޕްރޮގުރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ، މި ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ޙާސިލުކުރައްވާފައިވާ، މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ޑޮކްޓަރ ސީމާ އެވެ.

 

 

 

 

 

Leave a Comment

Your email address will not be published.