ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމް އިފުތިތާހުކޮށްފި – ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޞަފޫރާ

ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ. މިކަން ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޞަފޫރާ އެވެ.

ތެލެސީމިޔާ ސްކްރީނިންގ ޕްރޮގްރާމަކީ އެޑިޔުކޭޝަން މިނިސްޓްރީ ‬⁩އާއި ⁦‪ ހެލްތް މިނިސްޓްރީ‬⁩ އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ތެލެސީމިއާއަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލުކުރަމުންދާ ދަރިވަރުންނެވެ. އެގޮތުން ތެލެސީމިޔާ ސްކްރީނިންގް ޕްރޮގްރާމް ގައި ފުރަތަމަ މި ފެށީ ⁦‪އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ‬⁩ ދަރިވަރުން ތެލެސީމިޔާއަށް ސްކްރީން ކުރުމެވެ.

Leave a Comment

Your email address will not be published.