އައިޖީސީއެސްއީ މެތެމެޓިކްސް ޓީޗަރުންގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ކެމްބުރިޖް އައިޖީސީއެސްއީ ހިސާބު ސިލަބަހަށް އައި ބަދަލުތަކާ ގުޅިގެން 2025 ވަނަ އަހަރު މެއި-ޖޫން ގައި އޮންނަ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އިން 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އެއިންސްޓިޓިޔުޓްގެ ސެމިނަރ ރޫމްގައި ކުރިޔަށް ގެންދާ މި ތަމްރީން ބައްދަލުވުން ފެށީ މިއަދުއެވެ. މިއަދުގެ ތަމްރީންގައި ބައިވެރިވަނީ ހިސާބު މާއްދާކިޔަވައިދޭ ޓީޗަރުންނެވެ.

މިތަމްރީނު ޕްރޮގްރާމްގައި ޓްރޭނަރެއްގެ ގޮތުން ސެޝަންތައް ނަންގަވައި ދެއްވަނީ ކެމްބުރިޖްގެ އެގްޒަމިނަރ އެކެވެ. މި ޕްރޮގްރާމް އަދި އިތުރު 2 ގްރޫޕަކަށް ހިންގާގޮތަށްވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖޭގެ 90 ސްކޫލް ހިމެނޭގޮތަށް 90 ޓީޗަރުންނަށް މިޕްރޮގްރާމުން ފުރުޞަތުލިބިގެން ދާނެއެވެ.

 

 

 

Leave a Comment

Your email address will not be published.