އޭލެވެލް ފިޒިކްސް ކިޔަވައިދޭ ޓިޗަރުންނަށް ފިޒިކްސް ކޮންފަރެންސެއް، ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން މިއަދު ބާއްވަނީ

އޭލެވެލް ފިޒިކްސް ކިޔަވައިދެއްވާ ޓިޗަރުންނަށް އަމާޒުކޮށް 1 ދުވަހުގެ ފިޒިކްސް ކޮންފަރެންސެއް މިއަދު 8:30 ގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައި ފެށިގެން ކުރިއަށް އެބަދެއެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 29 ޓީޗަރުން މިކޮންފަރެންސްގައި ބައިވެރިވިއެވެ.

މި ކޮންފަރެންސްގައި ޕިއަރސަންގެ ޕްރިންސިޕަލް އެގްޒަމިނަރއެއްގެ އިތުރުން، އެތާގެ އެސެސްމަންޓް އާއިބެހޭ ތަޖުރިބާކާރަކާއި މާއްދާގެ ސްޕެސަލިސްޓަކު ބައިވެރިވެއެވެ.

އަދި ޕިއަރސަންގެ ރީޖަނަލް އޮފީހުގެ އިސް ދެ ވެރިޔަކުވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަނެވެ.

 

 

Leave a Comment

Your email address will not be published.