‘އޭ.އީ.ޑީ.ޕީ ޕްރޮޖެކްޓްގެ އެހީގައި ކުރިޔަށް ގެންދެވުނު ސެކަންޑަރީ ސައެންސް އެންޑް މެތަމެޓިކްސް ޓްރެއިނިންގް އޮފް ޓްރެއިނާރސް ވޯރކްޝޮޕް ނިންމާލައިފި 

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން،އައި،އީ)އިން މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ ) އެހީގައި ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލު ވުމުގެ މައިގަނޑު މަޤުޞަދަކީ، ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުންގެ ހިސާބު އަދި ސައެންސްގެ  މާއްދާތަކުގެ ފެންވަރު، މަތިކުރުމަށްޓަކައި މި މާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމެވެ. ވަކިން ޚާއްސަކޮށް ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްޤީ ކުރުމުވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ޓީ.އޯ.ޓީގެ ފުރަތަމަ ބުރު ކުރިޔަށް ގެންދެވުނީ އޮކްޓޯބަރު 14 އިން 17 އަށް އަދި 2 ވަނަ ބުރު އޮކްޓޯބަރު 20 އިން 24 އަށެވެ.

މި ޓީއޯޓީ ގައި މާލެޔާއި އަތޮޅުތެރޭގެ ސްކޫލްތައް ޝާމިލުވާގޮތަށް 198 ސްކޫލުން 198 ޓީ.އޯ.ޓީން ތަމްރީން ކުރެވުނެވެ. އެއީ ސައެންސް މާއްދާއިން 97 ޓްރެއިނަރުން އަދި ހިސާބު މާއްދާއިން 101 ޓްރެއިނަރުންނެވެ.

މި ޓްރޭނިންގ ފުރިހަމަ ކުރުމަށްފަހު ޓްރެއިނަރުންގެ އަމިއްލަ ސްކޫލުގެ އެ މާއްދާގެ ޓީޗަރުން ތަމްރީން ކުރެއްވެމުގެ އިތުރުން އަތޮޅުގެ އެހެން ސްކޫލުތަކުގެ އެ މާއްދާ ތަކުގެ ޓީޗަރުންނަށް މި ތަމްރީން ފޯރުކޮށްދެއްވާނެއެވެ.

ޓީ،އޯ.ޓީން ޓްރޭން ކުރުމުގެ ދެވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ  މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަބްދުލް ލަތީފު މުހައްމަދެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.