ނިއުމާގެ ގަލަމުން

“ޓޯކިންގ ޕާޓްނަރ” ލާރނިންގ ސްޓްރެޓެޖީ

ލިޔުނީ: ނިއުމާ މުހައްމަދު “ޓޯކިންގ ޕާޓްނަރ” ސްޓްރެޓެޖީއަކީ ދަރިވަރުންގެ މުވާސަލާތްކުރުމުގެ ހުނަރާއި އަދި ގުޅިގެން އުޅުން ބަދަހި ކޮށްދިނުމަށް ކުރިއަށް ގެންދެވިދާނެ މުހިންމު ހަރަކާތެކެވެ. އުނގެނުމުގައި ދަރިވަރުންގެ ބައިވެރިވުން ފުޅާގޮތަކަށް މިހަރަކާތުގެ ސަބަބުން ގެންދެވޭނެއެވެ. މިފަދަ ހަރަކާތްތައް ބޭނުންކުރުމުން ދަރިވަރުން އެކި ކަންކަމާ ބެހޭގޮތުން ވިސްނުމަށް ބާރުއަޅައި ފާޅުކުރަން ބޭނުންވާ ޚިޔާލުތައް ހިއްސާކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. …

“ޓޯކިންގ ޕާޓްނަރ” ލާރނިންގ ސްޓްރެޓެޖީ އިތުރައް ކިޔާލާ

21 ވަނަ ޤަރުނުގެ ހުނަރުތަކާއެކު ދިރިއުޅުމަށް ތައްޔާާރުކުރެވިފައިވާ ދަރިވަރުންތަކަކަށް ހެދުމުގެ އުއްމީދުގައި އިމްތިހާނުކުރެވޭ ގޮތްތަކަށް ބަދަލު ގެނައުން

ދުނިޔެ މިހާރު މިކަޑައްތުކުރަނީ 21 ވަނަ ޤަރުނެވެ. ދުނިޔޭގައި ވަރަށް ގިނަ ކަންތައްތައް މިވަނީ ބަދަލުވެފައެވެ. އުނގެނުމާއި އުނަގަންނައި ދިނުމަށްވެސް ކުރިއެރުންތައް އައިސް ދުނިޔޭގެ އެކި ޤައުމު ތަކުގެ ތައުލީމީ މަންހަޖުތައްވެސް މިވަނީ ބަދަލުވެފައެވެ. މިފަދަ ޒަމާނީ މަންހަޖުތައް ފަރުމާކޮށްފައި މިވަނީ ދަރިވަރުންނަށް ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މިބޭނުމުގައި ތައްޔާރުކުރާ މަންހަޖުތައް މިގޮތަށް ފަރުމާކުރުމުގެ …

21 ވަނަ ޤަރުނުގެ ހުނަރުތަކާއެކު ދިރިއުޅުމަށް ތައްޔާާރުކުރެވިފައިވާ ދަރިވަރުންތަކަކަށް ހެދުމުގެ އުއްމީދުގައި އިމްތިހާނުކުރެވޭ ގޮތްތަކަށް ބަދަލު ގެނައުން އިތުރައް ކިޔާލާ

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނާއެކު ކުރެވިދާނެ ބައެއް ކަންތައްތައް

ލިޔުނީ: ނިޢުމާ މުޙައްމަދު ޗުއްޓީއަކީ ދިގު އިންތިޒާރަކަށްފަހު އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކެކެވެ. މިއީ އާއިލާއާއި އެކުވެރިންނާއެކު މަޖާކޮށް ވަގުތު ހޭދަކޮށް ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ގޮސްލަން ލިބޭ ދުވަސްތަކެކެވެ. ނަމަވެސް ދަރިވަރުންގެ ޗުއްޓީ ހެޔޮގޮތުގައި ހިފުމަށް ބާރުއެޅުމަކީ އެންމެހާ މައިންބަފައިންގެ އަޒުމަކަށް ހަދަން ވާނެއެވެ. މިހެން މި ލިބޭ ހުސް ދުވަސްތަކުގައި …

ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނާއެކު ކުރެވިދާނެ ބައެއް ކަންތައްތައް އިތުރައް ކިޔާލާ

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

ނިޢުމާ މުޙައްމަދު 29 މާރިޗް 2023 ސެލްފް  އެސެސްމަންޓަކީ  ދަރިވަރު  އަމިއްލައަށް  ތިމާއަށް  އެނގެނީ  ކޯއްޗެއްކަމާއި  ނޭނގެނީ  ކޮންބައިތަކެއްކަން  ހޯދައިބެލުމެވެ. އެއާއެކު  އޭނާ އަމިއްލައަށް ފެންވަރުބަލާ  މިންގަޑުތަކަކީ ކޮބައިކަމާއި  އޭނާ ހުރި ހިސާބު ދެނެގަނެ  އަމިއްލައަށް  މިންކުރުމެވެ. މިއީ ފޯރމެޓިވް އެސެސްމަންޓްގެ މައިގަނޑު އެއްބައެވެ. ފިލާވަޅުގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. މިގޮތަށް އޭނާ އަމިއްލަ ނަފުސު …

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް އިތުރައް ކިޔާލާ

މަންހަޖު ތަންފީޒު ކުރުމުގައި ޕްރިންސިޕަލާއި ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތާއި ޒިންމާތަކަކީ ކޮބާ!

ލިޔުނީ: ނިއުމާ މުހައްމަދު 7 މާރޗް 2023 ޤައުމީ މަންހަޖަކީ ދިވެހި ރާއްޖޭގެ އެންމެ މުހިންމު ތައުލީމީ ސިޔާސަތެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުން، ޤައުމީ މަންހަޖު ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ އެންމެ މުހިންމު ޒިންމާއެވެ. ޤައުމީ މަންހަޖުގައި މިވަނީ މި މަންހަޖު ތަންފީޒުކުރުމުގައި ޒިންމާތައް ނަގަންޖެހޭ ފަރާތްތަކުގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. …

މަންހަޖު ތަންފީޒު ކުރުމުގައި ޕްރިންސިޕަލާއި ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތާއި ޒިންމާތަކަކީ ކޮބާ! އިތުރައް ކިޔާލާ

މާނަހުރި ގޮތެއްގައި އުނގެނުމާއި ’ރޯޓް ލާރނިންގެ‘ތަފާތު

ނިއުމާ މުހައްމަދު 5 މާރޗް 2023 މާނަހުރިގޮތެއްގައި އުނގަންނައި ދިނުމަކީ އުނގެނުމާއި އުނގަންނައި ދިނުން ކުރިޔަށްގެންދަން ޤައުމީ މަންހަޖުގައި ބާރު އަޅާ ގޮތެވެ. މިގޮތުން އުނގަންނައިދޭ ކޮންމެ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރިއެއްޗަކަށް ވާން ޖެހެއެވެ. އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނަށް ފައިދާހުރި އެއްޗެއް ކަމުގައި ވާންޖެހޭނެއެވެ. މިސާލަކަށް، ދަރިވަރުންނަށް އެންމެ ފަސޭހަ ކަމާއެކު ދެނެގެނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ …

މާނަހުރި ގޮތެއްގައި އުނގެނުމާއި ’ރޯޓް ލާރނިންގެ‘ތަފާތު އިތުރައް ކިޔާލާ

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ނަޒަރެއް: ކުރުކޮށް ފޮނިކޮށް

ނިއުމާ މުހައްމަދު 5 ޖެނުއަރީ 2023 ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ޤައުމީ އާ މަންހަޖަކީ 21 ޤަރުނުގެ ދަރިވަރުންނަށް ވަރަށް ބޮޑަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ނަމޫނާ މަންހަޖެކެވެ. މި މަންހަޖުގެ މަޤްސަދަކީ ކޮންމެ ދަރިއަކީ އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޒިންމާދާރު، އުފެއްދުންތެރި އަދި …

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ނަޒަރެއް: ކުރުކޮށް ފޮނިކޮށް އިތުރައް ކިޔާލާ

ލާރނިންގ ސްޓްރެޓެޖީ: “ޓީޗިން އަދާރސް” ނުވަތަ އެހެން މީހުންނަށް ކިޔަވައިދިނުން

ނިއުމާ މުހައްމަދު 26 ޖެނުއަރީ 2023 “ލާރނިންގ ސްޓްރެޓެޖީސް” ތެރޭގައި ވަރަށް ތަފާތު އުނގެނުމުގެ އުކުޅުތަކާއި ވަށްޓަފާޅިތައް ހުރެއެވެ. މިގޮތުން މިބަލައިލަނީ  “ޓީޗިން އަދާރސް” ނުވަތަ “އެހެން މީހުންނަށް ކިޔަވައިދިނުން” މި އުނގެނުމުގެ ވަށްޓަފާޅިއަށެވެ. މިއީ ތިމާއަށް އެނގުނު އެއްޗެއް އަނެކާއަށް އުނގަންނައި ދިނުމެވެ. ނުވަތަ ކިޔަވައިދިނުމެވެ. މި އުނގެނުމުގެ ވަށްޓަފާޅި ނުވަތަ އުކުޅުތައް ބޭނުންކުރުމުން …

ލާރނިންގ ސްޓްރެޓެޖީ: “ޓީޗިން އަދާރސް” ނުވަތަ އެހެން މީހުންނަށް ކިޔަވައިދިނުން އިތުރައް ކިޔާލާ

ފިލާވަޅު ނިންމުން: އުނގަންނައި ދިނުމުގެ މުހިންމު ބައެއް

ނިއުމާ މުހައްމަދު 24 ޖެނުއަރީ 2023 ލެސަންޕްލޭން ހަދައި ފިލާވަޅު ތައްޔާރުކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ. އެގޮތުން އާއްމު ބައިތަކުގެ ތެރޭގައި 1)  ފިލާވަޅު ފެށުން، 2) މައިގަނޑު   3) ނިންމުން ހިމެނެއެވެ.  މި 3 ބައި ވެސް މިއީ ލެސަންޕްލޭނެއްގެ ވަރަށް ބޭނުންތެރި ބައިތަކެކެވެ. މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ. މިއީ …

ފިލާވަޅު ނިންމުން: އުނގަންނައި ދިނުމުގެ މުހިންމު ބައެއް އިތުރައް ކިޔާލާ

ކުލާސް ކޮންޓްރޯލުކުރުމުގެ މުހިންމުކަން: ބޭނުން ކުރެވިދާނެ އުކުޅެއް

ނިއުމާ މުހައްމަދު 19 ޖެނުއަރީ 2023 ކުލާސް ކޮންޓްރޯލު ކުރުމަކީ ކޮންމެ މުދައްރިސެއްގެ ކިބައިގައި ހުންނަން ޖެހޭ ޤާބިލްކަމެކެވެ. މިއީ މުދައްރިސުކަމުގެ ތަމްރީން ވުމުގެ ތެރޭގައި ދަސްކުރަންޖެހޭ މުހިންމު ހުނަރެކެވެ. ދަރިވަރުން ކޮންޓްރޯލު ނުވެއްޖެނަމަ އުނގަންނައި ދިނުން މުދައްރިސުންނަށް ކާމިޔާބު ނުކުރެވޭނެއެވެ. އެއީ މުދައްރިސުން ފިލާވަޅަށް ތައްޔާރުވެ ކޮންމެ ދުވަހެއްގައި ވެސް ދަރިވަރުންނާއި ބައްދަލުކުރަނީ ވަކި …

ކުލާސް ކޮންޓްރޯލުކުރުމުގެ މުހިންމުކަން: ބޭނުން ކުރެވިދާނެ އުކުޅެއް އިތުރައް ކިޔާލާ