ގިނަދުވަސްތަކަކު ރާއްޖެއަށް ޚިދުމަތްކުރެއްވި ބިދޭސި ޓީޗަރަކު ނިޔާވުމުން ތަޢުޒިޔާ ވިދާޅުވެއްޖެ

20 އަހަރަށްވުރެން ގިނަ ދުވަހު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވި ޓީޗަރަކު ނިޔާވުމާގުޅިގެން އެކަމުގެ ހިތާމައިގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ނިޔާވި ޓީޗަރަކީ 2000 ވަނަ އަހަރުން ފެށިގެން 2020 އާހަމަޔަށް އަމީނިއްޔާ ސްކޫލްގައި ޚިދުމަތްކުރެއްވި، އިންޑިޔާއަށް ނިސްބަތްވާ މިސްޓަރ މީނަކްޝީ ސުންދަރަމް ކުމާރު އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ތަޢުޒިޔާ ވިދާޅުވެ އިއްޔެ ނެރުއްވި ބަޔާނުގައި އޭނާޔަކީ, އޭނާކިޔަވައިދެއްވި ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލްގެ އެހެން މުއައްޒަފުންގެ ފުރިހަމަ ލޯތްބާއި އިޙުތިރާމްހޯއްދެވި ޓީޗަރެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ސުންދަރަމްގެ ޢާއިލާއަށާއި އޭނާކިޔަވައިދެއްވި ދަރިވަރުންނަށާއި އެކުވެެރިންނަށް ތަޢުޒިޔާ ވިދާޅުވާކަމަށް ބަޔާނުގައިވެއެވެ.

2020 ވަނަ އަހަރު ރިޓަޔަރ ކުރެއްވުމަށްފަހު އަމިއްލަ ގައުމަށް ދިރިއުޅުން ބަދަލުކުރެއްވި، ސުންދަރަމް އަމީނިއްޔާ ސްކޫލްގައި ކިޔަވައިދެއްވީ އިކޮނޮމިކްސް މާއްދާއެވެ.

ތައްޔާރުކުރީ/އޒ

Leave a Comment

Your email address will not be published.