އިސްކަންދަރު ސްކޫލްގެ އަހަރީ ދުވަހާއި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަ ކުރަނީ

އިސްކަންދަރު ސްކޫލަށް 61 އަހަރު ފުރޭ އަހަރީ ދުވަހާއި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން މިއަދު ފެށިގެން އެސްކޫލްގައި ކުރިޔަށް އެބަދެއެވެ. މިކަމަށް ޚާއްޞަ އެސެމްބްލީއެއް މިއަދު ހެނދުނު 7:15 އިގައި ވަނީ ބާއްވާފައެވެ. ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މެންދުރުފަހުގައެވެ.

އިސްކަންދަރު ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ދެމުނާސަބާ ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަޞީރު އެވެ. މީގެ އިތުރުން މި 2 މުނާސަބާ ފާހަގަކުރުމަށް މިއަދު ހެނދުނު ޚާއްސަ އެސެމްބްލީ އެއް އެސްކޫލުން ބޭއްވެވިއެވެ. މި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ ދިވެހި އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެވެ.

އިސްކަންދަރު ސްކޫލަކީ ތުއްތުކުދިންނަށް ތަޢުލީމް ފޯރުވައި ދިނުމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ހުޅުވުނު ފުރަތަމަ ސްކޫލެވެ. މިސްކޫލްގެ ފުރަތަމަ ނަމަކީ ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްއެވެ. އެކަމަކު މިހާރު މިސްކޫލަކީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ ސްކޫލެކެވެ.

ތައްޔާރުކުރީ/އޒ

Leave a Comment

Your email address will not be published.