ނަވާރަސަތޭކައެއްހައި ދަރިވަރުންނާއެކު އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް މިއަދު ފަށައިފި

ނަވާރަސަތޭކައެއްހައި ދަރިވަރުންނާއެކު މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް މިއަދު މާލޭގައި ފަށައިފިއެވެ. މިމުބާރާތް ފެށީ މިއަދު ހެނދުނު މާފަންނު ސްޓޭޑިއަމްގެ ޓްރެކް ސަރަޙައްދުގައެވެ.

އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި މިފަހަރު 50 އަށްވުރެން ގިނަ ސްކޫލަކުން ވާދަކުރެއެވެ. މީގެ ތެރޭގައި އަތޮޅުތަކާއި މާލެނޫން ސިޓީތަކުން ވާދަކުރާސްކޫލްތައްވެސް ހިމެނެއެވެ. ބައެއް ސްކޫލްތަކުން ވޭތުވެދިޔަ މަހެއް ހައި ދުވަސްކުރިން ފެށިގެންވަނީ ޕްރެކްޓިސް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި 13 އަހަރާއި 21 އަހަރާދެމެދުގެ 5 އުމުރުފުރަޔަކުން ވާދަކުރެއެވެ.

އެނގިފައިވާގޮތުގައި އަތޮޅުތަކުގެ ބައެއް ސްކޫލްތައް މީގެ ހަފުތާއެއްހާ ދުވަސްކުރިން ޓްރެކްސަރަހައްދުގައި ޕްރެކްޓިސް ފަށާފައިވެއެވެ. މިފަހަރުގެ އެތުލެޓިކްސް މުބާރާތާ ވަރަށް ގާތްވެފައިވަނިކޮށް ވަރަށް ބޮޑަށް ވިއްސާރަވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ބައެއް ސްކޫލްތަކަށް ޕްރެކްޓިސް ކުރިޔަށް ނުގެންދެވުނުކަން ފާހަގަ ކުރެވުނެވެ.

މިއީ ކޮވިޑް 19 އިގެ ފުރަބަންދަށްފަހު ސްކޫލްތަކުގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ކުޅިވަރު މުބާރާތެވެ. މިމުބާރާތް ނިމޭނީ އަންނަ ހުކުރުދުވަހުއެވެ.

ތައްޔާާރުކުރީ/އޒ

 

 

 

Leave a Comment

Your email address will not be published.