އުލިގަމު ސްކޫލްގެ އިންޓަރހައުސް މަދަޙަ މުބާރާތް ބާއްވައިފި

އުލިގަމު ސްކޫލުގެ 1443 ވަނަ އަހަރުގެ އިންޓަރ ހައުސް މަދަޙަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވި މި މުބާރާތް ޝަރަފުވެރިވެރި ކޮށްދެއްވީ އުލިގަމު ސްކޫލުގެ ޕްރިންސިޕަލް ސަޢުދުﷲ އިދުރީސްއެވެ. 2022 މެއި 13 އިން 14 އަށް ކުރިއަށް ދިޔަ މި މަދަޙަ މުބާރާތަކީ، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތެކެވެ.

ދީނީ ޝިޢާރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވައި ދަރިވަރުންގެ ކިބައިގައިވާ ހުނަރުތައް ތަރައްޤީކުރުމަށް ފުރުޞަތު ފަހިކޮށް ދިނުމާއެކު، މަދަހަ ކިޔުމުގެ ފަންނު ކުރިއަރުވައި، މަދަޙައަށް ލޯބިޖެއްސުމަކީ މި މުބާރާތުގެ މަޤުޞަދެވެ. މުބާރާތުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކޮށް، އެކުވެރި ކަމުގެ ރޫޙު އާލާކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދެކެވެ.

ވަކިވަކި ދަރިވަރުންގެ ހުށަހެޅުންތަކާއި، ގްރޫޕު މަދަޙައިގެ ހުށަހެޅުންތައް ހިމެނޭ ގޮތަށް މައިގަނޑު ދެ ގޮތްޕަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކޮންމެ ހައުސްއަކުން ވެސް ދެބައިން ވާދަކޮށްފައި ވެއެވެ. ރީތި ފަންނުވެރި ހުށަހެޅުންތަކެއް އިވިގެން ދިޔަ މި މުބާރާތް ބަލާލުމަށް ގިނަ ޢަދަދެއްގެ ބެލެނިވެރިން ޙާޟިރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޢާއްމުކޮށް ކޮންމެ އަހަރަކު ސްކޫލުގައި ބޭއްވޭ މި މަދަޙަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި، ފަންނުވެރި ދަރިވަރުން އުފެދެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ތައްޔާރުކުރީ/އޒ

Leave a Comment

Your email address will not be published.