ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އޯޕަން ޤުރުއާން މުބާރާތް 2021/2022 ބާއްވައި ނަތީޖާފާޅުކޮށްފިއެވެ. މި މުބާރާތަކީ ޖަމާލުއްދީން ސުކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
އެހެން އަހަރުތަކާއި ޚިލާފަށް ދެ ބުރުކަށް ބަހާލައިގެން ބޭއްވުނު މިމުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ސްކޫލުން ބައިވެރިވާ ތަފާތު މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ޤުރްއާންޕޫލަށް ދަރިވަރުންހޮވުމެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުގައި، ފޯމް ހުށަހެޅި ހުރިހާ ކުދިންނަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތުދެވުނެވެ.
ޖުމުލަ 421 ދަރިވަރުން ބައިވެރިވި މިުބާރާތުގެ ފުރަތަމަ ބުރު ބޭއްވީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އެއީ ހިތުން ކިޔެވުމުގެ ބައިގައި 67 ދަރިވަރުންނާއި ބަލައިގެން ކިޔެވެވުމުގެ ބައިގައި 354 ދަރިވަރުންނެވެ.
މުބާރާތުގެ ދެވަނަބުރަށް ފުރުސަތު ލިބުނީ ޖުމުލަ 66 ދަރިވަރުންނަށެވެ. އެއީ ފުރަތަމަ ބުރުގެ ކިޔެވުމަށް ބަލައި %65 އަށް ވުރެން މަތިން މާކުސް ލިބުނު ދަރިވަރުންގެ ތެރެއިން ގްރުއާން ޕޫލްގައިނުހިމެނޭ ދަރިވަރުންގެ 6 އަހަރާއި ، 9 އަހަރާއި އަދި 12 އަހަރުން ދަށުގެ އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މަތިން މާރކްސްލިބުނު 5 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މަތިން މާރކްސް ލިބުނު 5 ދަރިވަރުންނެވެ. މީގެ އިތުރުން ދެން ފުރުސަތު ދެވުނީ 15 އަހަރުންދަށާއި 18 އަހަރުންދަށުގެ އުމުރު ފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މަތިން މާރކްސްލިބުނު 4 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މަތިން މާރކްސްލިބޭ 4 ދަރިވަރުންނެވެ.
އުމުރުފުރާ ވަކިން ވާދަކުރި ދެވަނަބުރު ބޭއްވުނީ ގްރޭޑް 1 ން 7 އަށް ކޮންމެ ގްރޭޑަކުން އެންމެ މަތިން މާރކްސްލިބޭ 10 ދަރިވަރުންނާއި އަދި ގްރޭޑް 8 ން 10 އަށް ކޮންމެ ގްރޭޑަކުން އެންމެ މަތިން މާރކްސް ލިބޭ 8 ދަރިވަރުންގެ މެދުގައެވެ.
މުބާރާތުގެ ނަތީޖާ :
ބަލައިގެން އަދި ނުބަލައި ކިޔުމުގެ ގޮފިން 3 ވަނައަށް ހޮވިފައިވާ ދަރިވަރުން:
9 އަހަރުން ދަށް ހިތުން ކިޔުމުގެ ބައިން 3 ވަނަ: ފަރްހާ އަޙްމަދު ޝާކިރު 1 އޭ
12 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 3 ވަނަ: ފާޠިމަތު މިޝްކާ ޢަބްދުލް މާޖިދު 5 އޭ
15 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 3 ވަނަ: އިސްމާޢީލް ޒާއީން 7 އެފް
18 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 3 ވަނަ: އަފާފް އަޙްމަދު މުޞްޠަފާ 10 ބީޓާ
2 ވަނައަށް ހޮވިފައިވާ ދަރިވަރުން
9 އަހަރުން ދަށް ހިތުން ކިޔުމުގެ ބައިން 2 ވަނަ: އާޔާ ބިންތި ޢަލީ ވަޙީދު 3 އޭ
12 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 2 ވަނަ: ޢާއިޝަތު ޢަލްމާ 7 ޖީ
15 އަހަރުންދަށް ހިތުން ކިޔުމުގެ ބައިން 2 ވަނަ: އަޙްމަދު އަލްޠާފް މުޢުޤިލް 7 ޖީ
15 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 2 ވަނަ: އަފްނާން އަޙްމަދު މުޞްޠަފާ 8 އީ
15 އަހަރުންދަށް ބަލައިގެންކިޔުމުގެ ބައިން 2 ވަނަ: އިބްރާހީމް ރާއިފް އިބްނު އާމިރު 8އެފް
18 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 2 ވަނަ: ހުދާ ޢަބްދުﷲ ޙަމީދު 9 ބީޓެކް
18 އަހަރުންދަށް ބަލައިގެން ކިޔުމުގެ ބައިން 2 ވަނަ: އާމިނަތު ސުބާތު ޖިލާން 9 ގެމާ
ބަލައިގެން އަދި ނުބަލައި ކިޔުމުގެ ގޮފިން 1 ވަނައަށް ހޮވިފައިވާ ދަރިވަރުން
9 އަހަރުން ދަށް ބަލައިގެން ކިޔުމުގެ ބައިން 1 ވަނަ މުޙައްމަދު ޔަޢީޝް އަޙްމަދު 3 ޑީ
9 އަހަރުން ދަށް ހިތުން ކިޔުމުގެ ބައިން 1 ވަނަ ލީމް ބިންތް އަޙްމަދު މުޙައްމަދު 3އެޗް
12އަހަރުން ދަށް ހިތުން ކިޔުމުގެ ބައިން 1 ވަނަ ޢުޔޫން ޙަމްދުﷲ ޙުސައިން 5 ބީ
12އަހަރުން ދަށް ބަލައިގެން ކިޔުމުގެ ބައިން 1 ވަނަ މުޙައްމަދު ލަމްޢާން ސަލީމް 6 އީ
15 އަހަރުން ދަށް ބަލައިގެންކިޔުމުގެ ބައިން 1 ވަނަ މުޙައްމަދު މަޢާދު މަޢުރޫފް 8 އެފް
15އަހަރުން ދަށް ހިތުން ކިޔުމުގެ ބައިން 1 ވަނަ މޫސާ މާއިޝް މާޖިދު 9 ރެޑޯން
18އަހަރުން ދަށް ބަލައިގެންކިޔުމުގެ ބައިން 1 ވަނަ މަރިޔަމް މަލްހާ މާޖިދު 10 އަލްފާ