މަދްރަސަތުލް އިފްތިތާޙުގެ ޕްރައިޒްޑޭ ބާއްވައިފި- ޝަރަފުވެރި މެހެމާނަކީ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު

މަދްރަސަތުލް އިފްތިތާޙްގެ 2019 އަދި 2020 – 2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ  ބާއްވާފައިވަނީ މިމަހުގެ 4 ވީ ހޮނިހިރު ދުވަހު އެވެ. ގިނަ ވަނަތަކަކަށް އިނާމު ދިން މިޖަލްސާގައި ރަށާއި އަތޮޅުގެ ތަފާތު މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގެ ޝަރަފްވެރި މެހެމާން އަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ފާޠިމަތު ނަސީރު، އެވެ. މަދަރުސާގެ ޕްރިންސިޕަލް އައިޝަތު ފަރުހަތުއާއި ޑެޕިޔުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަން މުޙައްމަދު އިބްރާހިމް އާއި އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޔޫސުފް، އަދި މުދައްރިސުންނާއި ދަރިވަރުންގެ ގުޅުމުގެ ނައިބު ރައީސް މުޙައްމަދު ޝިފާން ވެސް މިޖަލްސާގައި ބައިވެރިވެ ވަޑައިގަތެވެ.

ޝަރަފުވެރި މެހެމާން ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު ދަރިވަރުންނާ މުޚާތަބް ކުރައްވައި މިޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ އިތުރުން ދެން މިޖަލްސާގައި ވާހަކަ ދެއްކެވީ ޕްރިންސިޕަލް އައިޝަތު ފަރުޙަތުއެވެ. ޕްރިންސިޕަލް ހުށަހަޅުއްވާފައިވަނީ އަހަރީ ރިޕޯޓެވެ. މިޖަލްސާގައި މިދެއަހަރު ހަޔަރ ސެކަންޑަރީން ބެސްޓް އޯލް ރައުންޑަށް ހޮވުނު ދަރިވަރުންނާއި ސެކަންޑަރީން ބެސްޓް އޯލް ރައުންޑަށް ހޮވުނު ދަރިވަރުންނާއި އިތުރުހަރަކާތްތަކުން ބެސްޓް އޯލްރައުންޑަށް ހޮވުނު ދަރިވަރުންނާއި ފާހަގަކުރެވޭ އެހެނިހެން ކާމިޔާބީގެ ވަނަތައް އިޢުލާނު ކޮށް އިނާމު ދިނުން އޮތެވެ.

އަލްފާޟިލް މުހައްމަދު އިސްމާއީލް މއ. މާފުނަ ލިޔުއްވާފައިވާ “ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ” ފޮތް ނެރެދިނުންވެސް ހިމެނިފައިއޮތް މިޖަލްސާގައި ބައިވެރިވެ ވަޑައިގަތް އެހެން ބޭފުޅުންގެ ތެރޭގައި، މިފޮތް ނެރެދެއްވި،  ޅ އަތޮޅު ކައުންސިލްގެ ރައީސް ޔާސީން އަބްދުﷲ އާއި ޅ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އައްޝައިޚް މުޙައްމަދު މޫސާ އާއި ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް އުސްތާޛާ މަރިޔަމް ނަސްރާއާއި ، ޅ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ނަސީމް، ޅ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ، މަދްރަސަތުލް އިފްތިތާހްގެ ކުރީގެ ޑެޕިޔުޓީ ޕްރިންސިޕަލް މުޙައްމަދު ހުސައިން، އެމް އެން ޑީ އެފް ނޯދާން އޭރިޔާ ރީޖަނަލް ހެޑް ކުއާޓަރސް ކޯސްޓް ގާޑް ފަސްޓް ކުއާޑްރަން ކޮމާންޑަރ ފަސްޓް ލެފްޓިންންޓް އަޙްމަދު މިހާދު، އެމް އެން ޑީ އެފް ނޮދަން އޭރިޔާ ރީޖަނަލް ހެޑް ކުއާޓާޒް ނޮދަން އޭރިޔާ ޑެޕިޔުޓީ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ނާޒިމް،  ނައިފަރު ކައުންސިލް ކައުންސިލް އެގްޒެކިޔުޓިވް އަޙްމަދު ޔާސިރު، ޅ އަތޮޅު ކައުންސިލް އެސިސްޓަންޓް ކައުންސިލް އެގްޒެކިޔުޓިވް ހަސަން އިޔާސް ބައިވެރިވެވަޑައިގަތެވެ.

ޕްރައިޒްޑޭ އަށް ފަހު ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަސީރު ވަނީ ސްކޫލުގެ ކަންކަން ބައްލަވައި އޮޅުން ފިލުއްވާފައެވެ. އަދި  ސީނިއަރ މެނެޖްމަންޓް އާވެސް ބައްދަލުކުރައްވާފައިވެއެވެ./އޒ

Leave a Comment

Your email address will not be published.