ސްކޫލް ވެށި

ފ. މަގޫދޫ ސްކޫލްގެ އިނާމު ދިނުން ބާއްވައިފި

ފ. މަގޫދޫ ސްކޫލުގެ 2019 އަދި 2020 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިމަހުގެ 2 ވަނަދުވަހުގެ ރޭގައެވެ.  ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޖާހިދުއެވެ. މިރަސްމިއްޔާތުގައި 2019 ވަނަ އަހަރާއި 2021/2020 ވަނައަހަރު ފ. މަގޫދޫ ސްކޫލްގެ ބެސްޓް އޯލްރައުންޑަކަށް …

ފ. މަގޫދޫ ސްކޫލްގެ އިނާމު ދިނުން ބާއްވައިފި އިތުރައް ކިޔާލާ

ދަރުމަވަންތަ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ދަރުމަވަންތަ ސްކޫލުގެ 2019-2020 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އިއްޔެ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. ދަރުމަވަންތަ ސްކޫލްގެ އިނާމުދިނުމަށް ބޭއްވި މިޖަލްސާގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއެކު މިނިސްޓަރ އޮފް އެޑިޔުކޭޝަންޑރ. ޢާއިޝަތު ޢަލީ‬⁩ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ދަރުމަވަންތަ ސްކޫލުގެ 2019 ވަނަ …

ދަރުމަވަންތަ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި އިތުރައް ކިޔާލާ

ފަންނީ ގާބިލްކަން އިތުރުކުރުމަށް މަޢުލޫމާތު ދީފި

ގައުމީ މަންހަޖުގެ މައިގަނޑުބައިތަކުގެ މައްޗަށާއި މަންހަޖު ރާވާލެވިފައިވާ ގޮތުގެ މައްޗަށް ޣާޒީ ބަންޑާރައިން ސްކޫލްގެ ޓީޗަރުންނާއި ސުޕަވައިޒަރުން ނާއި އެހެނިހެން އެކެޑެމިކް ސްޓާފުންނަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އިން މިއަދު މަޢުލޫމާތު ދީފިއެވެ. ތިލަދުންމަތީ އުތުރު ބުރީ އުތީމުގައި ހުންނަ މިސްކޫލްގެ އެކެޑެމިކް މުއައްޒަފުންނަށް މަންހަޖާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ މިއަދު އެސްކޫލްގައި ބޭއްވި …

ފަންނީ ގާބިލްކަން އިތުރުކުރުމަށް މަޢުލޫމާތު ދީފި އިތުރައް ކިޔާލާ

ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އޯޕަން ޤުރުއާން މުބާރާތް  ބާއްވައި ނަތީޖާފާޅުކޮށްފި

ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އޯޕަން ޤުރުއާން މުބާރާތް 2021/2022  ބާއްވައި ނަތީޖާފާޅުކޮށްފިއެވެ. މި މުބާރާތަކީ ޖަމާލުއްދީން ސުކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. އެހެން އަހަރުތަކާއި ޚިލާފަށް ދެ ބުރުކަށް ބަހާލައިގެން ބޭއްވުނު މިމުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ސްކޫލުން ބައިވެރިވާ ތަފާތު މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރުމަށް …

ޖަމާލުއްދީން ސްކޫލްގެ 35 ވަނަ އޯޕަން ޤުރުއާން މުބާރާތް  ބާއްވައި ނަތީޖާފާޅުކޮށްފި އިތުރައް ކިޔާލާ

މުޙްޔިއްދީން ސްކޫލްގެ ދަސްވެނިވުން ބާއްވައިފި

މުޙްޔިއްދީން ސްކޫލްގެ 2022/2021 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފިއެވެ. މި އިޙުތިފާލު ބޭއްވީ އިއްޔެ މެންދުރު ކުރީގެ ވަގުތުގައި މުޙްޔިއްދީން ސްކޫލްގައެވެ. މިއިޙުތިފާލްގެ ޝަރަފުވެރި މެހެމާނަކީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ، ލީޑަރޝިޕް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް އާދަމް ނަޞީރެވެ. އާދަމް ނަޞީރު ވަނީ މިއަހަރު ގްރޭޖުއޭޓްވި ދަރިވަރުންނާ މުޚާޠަބްކުރައްވައި ވާހަކަ ދައްކަވާފައެވެ. …

މުޙްޔިއްދީން ސްކޫލްގެ ދަސްވެނިވުން ބާއްވައިފި އިތުރައް ކިޔާލާ

މާފުށީ ސްކޫލްގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

މާފުށީ ސްކޫލްގެ 2019 އަދި 2020-2021 ވަނަ އަހަރުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މިމޭމަހު 20 ވީ ހޮނިހިރު ދުވަހު މާފުށީ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފް ވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ރަޝީދެވެ. ޝަރަފްވެރި މެހްމާނު ޑރ …

މާފުށީ ސްކޫލްގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި އިތުރައް ކިޔާލާ

އިންނަމާދޫ ސްކޫލްގެ 1443 ވަނައަހަރުގެ މަދަޙަ މުބާރާތުގެ ނަތީޖާފާޅުކުރުން ޖޫން މަހުގެ ފުރަތަމަ ހަފްތާއަށް

ރ. އިންނަމާދޫ ސްކޫލުން ވޭތުވެދިޔަ ރަމަޟާން މަހު ބޭއްވި، “މަދަޙަ މުބާރާތް 1443” ގެ ނަތީޖާފާޅުކުރުން މިފެށޭ ޖޫންމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި އެސްކޫލްގެ ޕްރިންސިޕަލް ޢައިޝަތު ސަމާ ވިދާޅުވެއްޖެއެވެ. ޕްރިންސިޕަލް ސަމާ ވިދާޅުވީ ނަތީޖާފާޅުކުރުން ލަސްވަމުން ދިޔައީ ބައެއްކަންކަން ހަމަނުޖެހި ލަސްވުމުން ކަމަށެވެ. އެހެންނަމަވެސް ޖޫންމަހުގެ ފުރަތަމަ ހަފުތާގައި ނަތީޖާފާޅުކުރުން …

އިންނަމާދޫ ސްކޫލްގެ 1443 ވަނައަހަރުގެ މަދަޙަ މުބާރާތުގެ ނަތީޖާފާޅުކުރުން ޖޫން މަހުގެ ފުރަތަމަ ހަފްތާއަށް އިތުރައް ކިޔާލާ

މަޖީދިއްޔާ ސްކޫލްގެ ގަސްއިންދުމުގެ ޙަރަކާތް ބާއްވައިފި

މަޖީދިއްޔާ ސްކޫލަށް 95 އަހަރުފުރޭ މުނާސަބާއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގަސްއިންދުމުގެ ޙަރަކާތް އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ. “މަޖީދިއްޔާ ފޯރ ނޭޗަރ” ގެ ދަށުން ބޭއްވި ގަސްއިންދުމުގެ މިޙަރަކާތް ފަށްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އެވެ. މަޖީދިއްޔާ ސްކޫލުން ހާމަކޮށްފައިވާ މަޢުލޫމާތުތައް ބުނާގޮތުގައި މި ޙަަރަކާތުގައި އިއްޔެ 1927 ގަސް …

މަޖީދިއްޔާ ސްކޫލްގެ ގަސްއިންދުމުގެ ޙަރަކާތް ބާއްވައިފި އިތުރައް ކިޔާލާ

އުލިގަމު ސްކޫލްގެ އިންޓަރހައުސް މަދަޙަ މުބާރާތް ބާއްވައިފި

އުލިގަމު ސްކޫލުގެ 1443 ވަނަ އަހަރުގެ އިންޓަރ ހައުސް މަދަޙަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވި މި މުބާރާތް ޝަރަފުވެރިވެރި ކޮށްދެއްވީ އުލިގަމު ސްކޫލުގެ ޕްރިންސިޕަލް ސަޢުދުﷲ އިދުރީސްއެވެ. 2022 މެއި 13 އިން 14 އަށް ކުރިއަށް ދިޔަ މި މަދަޙަ މުބާރާތަކީ، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ބޭއްވުނު …

އުލިގަމު ސްކޫލްގެ އިންޓަރހައުސް މަދަޙަ މުބާރާތް ބާއްވައިފި އިތުރައް ކިޔާލާ

އިހަވަންދޫ ސްކޫލްއަށް 53 އަހަރު ފުރުން ފާހަގަކޮށްފި

އިހަވަންދޫ ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް އެސްކޫލްގައި އިއްޔެ ފާހަގަ ކޮށްފިއެވެ. ސްކޫލްގެ އަހަރީ  ދުވަހަކީ މިމަހު 25 އެވެ. ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް  ބޭއްވި ޚާއްޞަ އެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙް އެވެ. މި އެސެމްބުލީ ގައި ރަށުކައުންސިލްގެ މެންބަރުންނާއި ރަށުގެ އެކިއެކި …

އިހަވަންދޫ ސްކޫލްއަށް 53 އަހަރު ފުރުން ފާހަގަކޮށްފި އިތުރައް ކިޔާލާ